ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް - 1446

'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1446' ގެ ނަމުގައި ޤުރުއާން މުބާރާތެއް 27 އޮކްޓޯބަރ 2024 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރާ ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ލިންކް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި ކައުންސިލް ވައިބަރ ގްރޫޕްގައި ހިއްސާކުރެވިފައިވާނެއެވެ.

މި މުބާރާތަކީ މަޑަވެލީގެ ރައްޔިތުންނާއި، މަޑަވެލީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ ވާދައިގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ އެއް ކެޓަގަރީގައި އަދި ކޮންމެވެސް އެއް ގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިވާ ފަރާތްތަކަށް ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިނުވެވޭނެއެވެ.

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން 1 ވަނައަށް ހޮވޭ ފަރާތަކަށް -/8000ރ (އަށްހާސް ރުފިޔާގެ ފައިސާގެ އިނާމް)، 2 ވަނައަށް ހޮވޭ ފަރާތަކަށް -/4000ރ (ހަތަރުހާސް ރުފިޔާގެ ފައިސާގެ އިނާމް)، އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް -/2000ރ (ދެހާސް ރުފިޔާގެ ފައިސާގެ އިނާމް) ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން  އެކި ކެޓަގަރީތަކުން ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/pPL44cdJJUsoNCVs7

މުބާރާތުގެ ޤަވާޢިދު ލިންކް: https://drive.google.com/file/d/1ND8NOcJiksH1Kryr4NJSxRoWVIGQOzF4/view?usp=sharing

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ