މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގައި ނަންއެޅުމަށް ދެވަނަ ފުރުސަތު ދިނުން

އަލަށް ދޫކޮށްފައިވާ ގޯތިތައް ދިނުމަށްސާފުކޮށްފައިވާ ސަރަހައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގައި 2024 ސެޕްޓެންބަރު 26 ބުރާސްފަތި ދުވަހުގެ ކުރިން ނަންއަޅާ  ނަންބަރު ޖެހުމަށް މި އިދާރާގެ ނަންބަރ (IUL)318-AD/318/2024/56 (18 ސެޕްޓެންބަރު 2024) އިޢުލާން ކުރުމުންވެސް ބައެއްރުއްގަހުގައި ނަންއަޅާފައި ނެތުމުން ބަދަލުގެ މައްސަލަ ނިންމުމުގައި ދަތިތަކާ ކުރިމަތި ވަމުންދާތީ، 2024 އޮކްޓޫބަރު 07ގެ ކުރިން ނަންއަޅާ ނަންބަރ ޖެހުމަށް ދެންނެވީމެވެ. ނަންއަޅާ ނަންބަރ ޖަހާއިރު އެ ރުއްގަހުގައި އެހެން އެއްވެސް ފަރާތަކުން ނަމެއްއަޅާ ނަންބަރެއް ޖަހާފައިވާނަމަ އެނަމެއް ނަންބަރެއް ނުކެޑުމަށްވެސް ދެންނެވީމެވެ.

           އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި  ނަންއަޅާ ނަންބަރ ޖަހާފައި ނުވާނަމަ އެއީ ރައްޔިތުންގެ ތަކެތިކަމުގައި ބަލާ ނިންމޭނެ ވާހަކަ ވެސް ދެންނެވީމެވެ.

02 އޮކްޓޫބަރު 2024
ހޯދާ