ދިވެހިރާއްޖެ
ނަންބަރު: (IUL)MMPRC-PROC/1/2024/62
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓު ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)MMPRC-PROC/1/2024/60 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 8 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
30 ރަބީޢުލްއައްވަލް 1446