ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކިތު ޤާރީ ކިލާހުގައި ބައިވެރިވުމާ ބެހޭ
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން މިސްކިތު ޤާރީކިލާސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ކިލާހުގައި ބައިވެރިވާން ބޭނުންވާ ތިރީގައި ދަންނަވާ ޝަރުތުހަމަވާ ފަރާތްތަކުން 10 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ކުރިން އޮންލައިން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މިކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ޙަޟާރަތުގައެވެ. ކިޔަވައިދިނުން އޮންނާނީ ކޮންމެ ރަސްމީދުވަހެއްގެ މަޣްރިބް ނަމާދަށް ފަހުގައެވެ. މިކުލާހުގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ކުލާހުގެ ބައިވެރިންގެ ޢަދަދަކީ 30 އެވެ. ކުލާހަށް ނަގާނީ އެންމެ ފުރަތަމަ ހުށަހަޅާ 30 ބައިވެރިންނެވެ.
ކުލާހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- ޢުމުރުން 10 އަހަރު ފުރި 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން
- ބަލައިގެން ޤުރުއާން ކިޔަވަން އެނގޭ ކުއްޖެއްކަމުގައިވުން
- ދިވެހި ރައްތިތެއްކަމުގައިވުން
އޮންލައިން ފޯމްގެ ލިންކް:
03 އޮކްޓޫބަރު 2024
ހޯދާ