ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މެއިންޓެނަންސް އެސިސްޓަންޓް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

މެއިންޓެނަންސް އެސިސްޓަންޓް  

ރޭންކް:

SS2/B

ސެކްޝަން/ޑިޕާޓްމަންޓް:

މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް

ބޭނުންވާ ޢަދަދު:

1

ތަޢުލީމާއި ތަޖްރިބާ:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މެއިންޓެނަންސް މަސައްކަތުގެ ރިޕޯޓު ލިބުމުން ނުވަތަ މެއިންޓެނަންސް މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާ މަސައްކަތްތައް ނިންމުން އަދި ޙައްލުކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކުގެ ތެރެއިން، އަމިއްލައަށް ޙައްލުކުރެވެން ހުރިކަންކަން ޙައްލުކުރުރުން.
  • މަޖިލީހުގައި ޖަލްސާތަކާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

އުޖޫރަ:

- މަހަކު 5,600 ރުފިޔާ

އެލަވަންސް/ޢިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

16 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:     

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރުމުގައި އުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި މެއިންޓެނަންސް މަސައްކަތްތަކާ ގުޅޭ ގޮތުން ( ޚާއްޞަކޮށް ވެލްޑިންގ މަސައްކަތާ ގުޅޭގޮތުން) މި އިދާރާއިން ދޭ ޕްރެޓިކަލް ޓެސްޓަކުން ފާސްވާ ފަރާތްތައް އެކަންޏެވެ.

 

03 އޮކްޓޫބަރު 2024
ހޯދާ