މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް ޓެކްސް އޮފިސަރ، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :2
މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، ރިޓަރން ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް ޓެކްސް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، ލީގަލް ސަރވިސް (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް ޓެކްސް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، ޕޭމަންޓް ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް ޓެކްސް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :2
މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް ޓެކްސް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، މާކެޓިންގ (އޮފިސަރ،AOT ) ނުވަތަ، އެސިސްޓަންޓް އޮފިސަރ، މާކެޓިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް ޓެކްސް އޮފިސަރ، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، AO1)

އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް، އެންގޭޖްމަންޓް އެންޑް އެޑިއުކޭޝަން ޑިޕާޓްމަންޓް / ޓެކްސްޕެޔަރ އެޑިއުކޭޝަން ޑިވިޜަން / ކޮންޓެކްޓް ސެންޓަރ (1415)  

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1415 އަށް އަންނަ ފޯންކޯލްތަކަށާއި އީމެއިލް ތަކަށް ޖަވާބުދިނުމާއި، 1415 އަށް އަންނަ ސުވާލު/ޝަކުވާތަކުގެ ނޮލެޖްބޭސް ބެލެހެއްޓުމާއި، މީރާގެ ވެބްސައިޓް ޗެޓް އަދި ވައިބަރ މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުވައިދިނުން.

 ޝަރުޠު:

ޓެކްސް އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

އެސިސްޓަންޓް ޓެކްސް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން.

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)،ރިޓަރން ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް ޓެކްސް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރިޓަރން ޕްރޮސެސިންގ ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ރިޓަރންތައް ޗެކްކޮށް ސިސްޓަމުން ޕްރޮސެސްކުރުމާ ގުޅޭ މަސައްކަތްތައްކުރުން

ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

މަގާމު:

އޮފިސަރ (ޓްރޭނީ)،ލީގަލް ސަރވިސް (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލީގަލް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސަރވިސް ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޕެރަލީގަލް މަސައްކަތްތައް ކުރުން

ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން.

މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ މުވައްޒަފުންނަށް އިސްކަން ދެވޭނެއެވެ.

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް ޓެކްސް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށް އެ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރއަށް ޒިޔާރަތްކޮށް ޓެކުހަށް ރަޖިސްޓަރީކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރޭޝަން ކައުންޓަރުން ރަޖިސްޓަރީކުރުމާއި ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން.

ޝަރުޠު:

ޓެކްސް އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

އެސިސްޓަންޓް ޓެކްސް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން.

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)،ޕޭމަންޓް ޕްރޮސެސިންގ (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް ޓެކްސް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (އޮފިސަރ، AO1)

އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ޑިވިޜަން / ކައުންޓަރ ސަރވިސް އެންޑް ފެސިލިޓޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކައުންޓަރުން ފައިސާ އާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ކަމާގުޅޭ އެންމެހާ މަސައްކަތްތައްކުރުން.

ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް ޓެކްސް އޮފިސަރ، އެންފޯސްޑް ކަލެކްޝަން  (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަން ޑިވިޜަން

 

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރުން.

 ޝަރުޠު:

ޓެކްސް އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

އެސިސްޓަންޓް ޓެކްސް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން.

މަގާމު:

އޮފިސަރ (ޓްރޭނީ)، މާކެޓިންގ (އޮފިސަރ،AOT ) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، މާކެޓިންގ (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން /  މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެވެއަރނަސް ކެމްޕެއިންތައް ރާވައި ހިންގުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސޯޝަލް މީޑިއާތައް މެދުވެރިކޮށް މައުލޫމާތު ފޯރުވައިދީ މޮނީޓަރކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް ޓެކުހަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ސަރވޭ ކުރުމާއި އަދި އޮތޯރިޓީގެ އިމޭޖް ޤާއިމްކޮށް ހިފެހެއްޓުމަށް ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް ރާވައި ހިންގުން.

 ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

- އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 09 އޮކްޓޫބަރު 2024 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް    Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

02 އޮކްޓޫބަރު 2024
ހޯދާ