ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަރުސަތުލް އީޘާރު (ގައްދޫ ކައުންސިލް ޕްރީސްކޫލް)ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް، އޮފިޝަލް ޔުނިފޯމް، ބެޖު އަދި ޓައީ ފަހައިދޭނެ ފަރާތެއް ހޯދުން.

މަދަރުސަތުލް އީޘާރު (ގައްދޫ ކައުންސިލް ޕްރީސްކޫލް)ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް، އޮފިޝަލް ޔުނިފޯމް، ބެޖު އަދި ޓައީ ފަހައިދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)419-CAA/419/2024/125 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުން.

 

މި އިދާރާއިންދޭ މައުލޫމާތާއި، އެއްގޮތަށް މަދަރުސަތުލް އީޘާރު (ގައްދޫ ކައުންސިލް ޕްރީސްކޫލް) ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް، އޮފިޝަލް ޔުނިފޯމް، ބެޖު އަދި ޓައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން އަދި ގުޅައިގެން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް : [email protected]

      ފޯން:   6840003 

މަޢުލޫމާތު ސާފުކުރުން

ބީލަން ބަލައިގަތުމާއި ހުޅުވުން

ތަން

މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި.

ތާރީޚް:  2024 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަސް

ގަޑި: 13:00

ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން ވެސް ބީލަން ހުށައެޅުއްވޭނެއެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.)

 

 

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2024
ހޯދާ