މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ ކޯހުގައިބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

                 ނ. މަނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް ގުޅިގެން ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ތެރެއިން  ސުރުޚީގައި ދެންނެވިފައިވާ ކޯސް ނ. މަނަދޫގައި ހިންގުމަށްވަނީ ހަމަޖެހިފައިއެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

  1. އުމުރުން 18  އަހަރު ފުރިފައިވުން ( އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު ހުށަހެޅިދާނެއެވެ.)
  2. ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމް ފުރިހަމަކުރަމުންދާ ބައިވެރިއަކަށް ނުވުން.

 މިކޯހުގެ މުއްދަތަކީ 4 މަސްދުވަހެވެ. ވީމާ މިކޯސް ފުހިމަކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ވައިބަރ ނަމްބަރ 7380029 އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު 15 އޮކްޓޯބަރ 2024 ގެ 13:00 ގެ ކުރިން ފޮނުއްވައި  ދެއްވުން އެދެމެވެ. މިޕްރޮގްރާމްގެ ބައިވެރިޔަކު މަޤުބޫލު އުޒުރެއްނެތި ޕްރޮގްރާމް ނުނިންމާ ވަކިވެއްޖެނަމަ ކޯހުގެ ފީ ކަމަށްވާ -/7000 ރުފިޔާ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އަށް ދައްކަންވާނެއެވެ.

  1. ފުރިހަމަނަމާއި އެޑްރެސް:
  2. އައިޑީކާޑު ނަމްބަރ:
  3. އުމުރު:
  4. ގުޅޭނެ ފޯނު ނަމްބަރ:
  5. ތަޢުލީމީ ފެންވަރު:

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2024
ހޯދާ