ދިވެހިރާއްޖެ
މިކައުންސިލުގެ ފަރާތުން ފާހަގަކުރާ އެކި މުނާޞަބަތުތަކުގައި ބޭނުންކުރުމަށް ބޭނުންވާ ޤައުމީ ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ބޭނުންވާ ޤައުމީ ދިދައިގެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.
ބޭނުންވާ އަދަދު |
ތަފްޞީލް |
50 |
ޤައުމީ ދިދަ މީޑިއަމް ސައިޒު ރޯޑުސައިޒު 34X24 އިންޗި) |
5 |
ޤައުމީ ދިދަ މީޑިއަމް ސައިޒު ރޯޑުސައިޒު 54X34 އިންޗި) |
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް؛
- މިމަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- ޖީ.އެސް.ޓީ ހިމަނާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިތަކެތި ފޯރުކޮށްދޭނެ ފަރާތުން ތަކެތި ބޯޓަށް ޑެލިވަރީކޮށްދޭންވާނެއެވެ.
ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލު އިދާރާއިންނާއި، މިއިދާރާގެ ޕްރޮކިއުމަންޓްގެ އީމެއިލް [email protected] އިންނެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.