ދިވެހިރާއްޖެ
ރ. މާކުރަތުން ކުކުޅު / ގެރި ބަކަރި ފަދަ ދިރޭ ޖަނަވާރު ގެންގުޅުމުގެ މަސައްކަތްތައް ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު:
- ކުލީ ބިން : 30 × 30 ފޫޓް ( 900 އަކަފޫޓް ) ( 2 ބިން )
- ކުލީ ބިން : 40 × 32 ފޫޓް ( 1280 އަކަފޫޓް ) ( 1 ބިން )
- ބިން ދޫކުރާ މުއްދަތު : 10 ( ދިހައެއް ) އަހަރު ދުވަސް
- ބިމު ކުލި : އަކަފޫޓަކަށް 0.10 ( ދިހަ ލާރި ) އަށްވުރެ ކުޑަނޫން އަދަދަކަށް
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު މާކުރަތު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މި ބީލަމާއިގުޅޭ އެންމެހައި މައުލޫމާތު، ބިޑް ޑޮކިއުމަންޓްގައި (މައުލޫމަތު ކަރުދާހުގައި) ހިމަނާފައިވާތީ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައި ނުވެއެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާކުރަތު ކައުންސިލް އިދާރާގައެވެ.
ކުލީ ބިން ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓް: ( މަޢުލޫމާތު ކަރުދާސް – 2 ގައި ހިމެނިފައި )
އިތުރު މަޢުލޫމާތު ހޯދުމަށް:
- ފޯނު ނަންބަރު : 6584030
- އީ-މެއިލް އެޑްރެސް : [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.