ދިވެހިރާއްޖެ
(IUL)403-A/403/2024/177:ނަންބަރ
އިޢުލާން
ދ.ކުޑަހުވަދޫ އަށް ލޯންޗް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިކައުންސިލްގެ ބޭނުމަށް 2024 އޮކްޓޫބަރު 24 އިން 26 އަށް ދ.ކުޑަހުވަދޫއަށް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 24 އޮކްޓޫބަރު - މާމެންދޫ އިން ދ.ކުޑަހުވަދޫއަށް
- 26 އޮކްޓޫބަރު – ދ.ކުޑަހުވަދޫ އިން މާމެންދޫއަށް
- ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ 28 ޕަސެންޖަރުންނެވެ. އެހެންކަމުން ދަތުރު ކުރުމަށް ހުށަހަޅާ ލޯންޗްގައި އެއްވެސް ދަތިކަމަކާއި ނުލައި 28 ޕަސެންޖަރުންނަށް ދަތުރު ކުރެވޭނެ ޖާގަ ތަނަވަސް ލޯންޗަކަށް ވާންވާނެއެވެ.
- ދަތުރު ކުރުމަށް ހުށަހަޅާ ލޯންޗްގައި ކުޑަވެގެން 250 (ދުއިސައްތަ ފަންސާސް) ހޯސްޕަވަރުގެ 2 އިންޖީނު އަޅާފައި ހުންނަންވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާއިރު ސަލާމަތީ ސެޓްފިކެޓާއި ޕަސިންޖަރުން އުފުލުމުގެ ސެޓްފިކެޓް ހުށަހަޅަން ވާނެއެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ކޯޓޭޝަން ހުށަހެޅުން |
10 އޮކްޓޫބަރު 2024 |
11:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް |
ވީމާ، ދެންނެވިފައިވާ ދަތުރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
29 ރަބީޢުލްއައްވަލް 1446ހ.