މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ CDSCO އިން ރިކޯލް ކޮށްފައިވާ 48 ޕްރޮޑަކްޓާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތު

 މާލެ،   ދިވެހިރާއްޖެ

     (IUL)182-REG/182/2024/30 :ނަންބަރު

އެލާރޓް

 

 އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ގިނަ ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވިފައިވާތީ، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ CDSCO  އިން ވަނީ އެލާޓް ކޮށްފައެވެ.  CDSCO އިން އެލާޓް ކޮށްފައިވާ ބޭހުގެ ލިސްޓް މި އެލާރޓް އާއި އެއް ކަރުދާސް ކުރެވިފައިވާނެއެވެ.

 

CDSCO ގެ މިއެލާޓާއި ގުޅިގެން ރާއްޖޭގެ މާރކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް މިއޮތޯރިޓީގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށް މާރކެޓް އިވެލުއޭޝަންވަނީ ހަދާފައެވެ. މިގޮތަށް ބެލިބެލުމުން، މިލިސްޓްގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގް ލިސްޓް ގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއްކަމާއި، ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ވަނީ ޔަގީން ކުރެވިފައެވެ.

އަދި ދަންނަވަމެވެ. CDSCO ގެ މިލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަންވެސް ވަނީ ޔަގީންކުރެވިފައެވެ.

 

ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

  

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.   

 

01 އޮކްޓޫބަރު 2024
ހޯދާ