ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ފީތަކާއި އަދި ކޯހާއިގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.
ކޯސްފެށޭ ތާރީޙް |
10 އޮކްޓޯބަރު 2024 (ބުރާސްފަތި) |
ކޯސް ފީ |
-/2000 (ދެހާސް ރުފިޔާ) އެވެ. |
ފަހާ ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޢަދަދު 30 އަށް ވުރެ އިތުރުވާނަމަ، ކޮންމެ ބައިވެރިއެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ |
-/1800 ( އެއްހާސް އަށްސަތޭކަ ރުފިޔާ ) އެވެ. |
ކޯހުގައި ބައިވެރިވާ 30 ބައިވެރިންނަށް ކޮންމެ ބައިވެރިއަކަށް އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދިނުމަށް ހަމަޖެހިފަވަނީ |
-/800 (އަށްސަތޭކަ ރުފިޔާ) އެވެ. |
ކޯސް ފެށުމުގެ ކުރިން ކޮންމެ ބައިވެރިއެއްގެ އަތުން ކޯސްފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ފީގެ ތެރެއިން -/600 (ހަސަތޭކަ ރުފިޔާ) ކޯސް ފެށުމުގެ ކުރިން ދައްކަންޖެހޭނެއެވެ. ބާކީ -/600 ރުފިޔާ ދައްކަންޖެހޭނީ ކޯސް ނިންމުމަށްފަހުއެވެ. އަދި ފީ ދައްކަންޖެހޭނީ ކޯހުގައި ކިޔަވައިދޭ ފަރާތަށެވެ. |
|
ބައިވެރިންގެ ޢަދަދު 30 އަށްވުރެ އިތުރުވެއްޖެނަމަ، އ.ތ.މ.ކ ގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ -/800 ރުފިޔާ ދެވޭނީ ޤުރުއަތުން ނެގޭ 30 ބައިވެރިންނަށެވެ. ކޯހުގައި ބޭނުންކުރުމަށް ފަހާ ފޮއްޓާއި ބޮޑު ކަތުރު ފިޔަވައި، ދެން ހުރިހާ ތަކެއްޗެއް ކޯސް ހިންގައިދޭ ފަރާތުން ފޯރު ކޮށްދެވޭނެއެވެ. |
|
ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ދަސްކޮށްދެވޭނެ ބައިތައް |
|
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 05 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހުގެ ގެ ނިޔަލަށް ފޯމު ފުރުއްވުން އެދެމެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/h3F6hh7ALV
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.