ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ފަރާތެއް ހޯދުމަށް
- ބ. އަތޮޅު މަދަރުސާގެ އެކްޓިވިޓީ ޔުނީފޯމް 3 ( ތިނެއް ) އަހަރު ދުވަހަށް ފަހައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަން ތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ، 02 އޮކްޓޫބަރ 2024 ން 07 އޮކްޓޫބަރ 2024 އާއި، ދެމެދު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް ސްކޫލް އޮފީހަށް ދުރުވެ ނުވަތަ ރެޖިސްޓްރޭޝަން ފޯމް https://docs.google.com/forms/d/e/1FAIpQLSfECAw6zp2NJMy-OnfbUzdQlsEAbH_8QBhTIZLPUHDZaQJ9Gg/viewform ފުރުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު މިސްކޫލް ނަންބަރު 6600034 އަށް ރަސްމީ ގަޑީގައި ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 އޮކްޓޫބަރ 08 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ 12:30 ގައި ސްކޫލުގެ ކޮމްޕިއުޓަރ ލެބްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ބިޑް ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހުގެ 12:30 ގައި ބ. އަތޮޅުމަދަރުސާގެ ކޮމްޕިއުޓާރ ލެބްގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ބ. އަތޮޅު މަދަރުސާ
- ބ. ދަރަވަންދޫ
- ފޯން: 6600034
- އީ-މެއިލް:[email protected]
01 އޮކްޓޫބަރ 2024 މ.
01 އޮކްޓޫބަރު 2024
ހޯދާ