ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ބަނދަރު ބޭރު ވާޓަރުގައި ލޯންޗް ފަހަރު އެޅުމަށް ޖެޓީއެއް ހެދުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

02 އޮކްޓޯބަރ 2024

ބުދަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

10 އޮކްޓޯބަރ 2024

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ.
  2. މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ.
  3. ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް  ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. ތަޖުރިބާއަށް މާކްސް ދެވޭނީ ބިލްޑިން ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

01 އޮކްޓޫބަރު 2024
ހޯދާ