ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ ސަރވިސް ކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

    މިއިދާރާއާއި އިދާރާއިން ބަލަހައްޓަމުންގެންދާ އިމާރާތްތަކުގެ ތެރެއިން ބައެއް އިމާރާތްތަކުގައި ހުރި އެއަރ ކޮންޑިޝަންތައް ސާވިސްކޮށް، ބައެއް އެއަރ ކޮންޑިޝަންތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޮކްޓޯބަރު 08 ވާ އަންގާރަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.

            އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޮޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ތައްޔާރުކުރެވިފައިވާ ކޮޓޭޝަންގައި މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " އޭސީ ސަރވިސް ކުރުމާއި ހަރުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

މިކަމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މި އިއުލާނާއެކު އެވަނީއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ