ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމުގައި ޤާއިމްކުރާ އައުޓްޑޯރ ޖިމްގެ ގައުޖެހުމާއި ކާޕެޓް އެޅުމާއި އަދި ޖިމްގެ އިކުއުޕްމެންޓްސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަމްބަރު: (IUL)255/255/2024/37  (21 އޮގަސްޓް 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮއް އުތީމުގައި ޤާއިމުކުރާ  އައުޓްޑޯރ ޖިމްގެ ގައުޖެހުމާއި، ކާޕެޓް އެޅުމާއި އަދި ޖިމްގެ އިކުއިޕްމެންޓްސް އިންސްޓޯލް ކޮށްދިނުމުގެ މަސައްކައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެމެވެ.

     މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 އޮކްޓޫބަރު 08 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް [email protected] އަށް އީމެއިލްވެސް ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

            މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޫބަރު 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެކަން ލިޔުމުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ބީލަމާއިބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 15 ވާ އަންގާރަ ދުވަހުގެ 11:15 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ.

 

             މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރީ ޤާނޫނު (2024/18 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 2024/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.   

 

      01 އޮކްޓޫބަރު 2024

01 އޮކްޓޫބަރު 2024
ހޯދާ