މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް، މީގެ ކުރިން ކުރި މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2024/141 އިޢުލާނާއި ގުޅިގެން ހުށަހެޅި ބައެއް އަންދާސީހިސާބުތައް އެކަށީގެންވާ ނުވާތީ އާއި ހުށަހަޅާފައިވާ ބައެއް އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ އެ އަންދާސީހިސާބުތައް ބާޠިލްކޮށް މިކަމަށް އަލުން އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މި ވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 08 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 450.00ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 08 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

 

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏28‏ ރަބީޢުލްއައްވަލް‏ 1446

‏1‏ އޮކްޓޯބަރ‏ 2024

 

01 އޮކްޓޫބަރު 2024
ހޯދާ