މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް -(ދެވަނަ އިޢުލާން)

އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް /އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް މަޝްރޫޢު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ބޭނުންވާ އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)438-ENV/438/2024/297 (29 ޖުލައި 2024) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަޝްރޫޢުއަށް ބޭނުންވާ އައުޓްރީޗް އޮފިސަރ ހޯދުމަށް އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި ކޮންސަލްޓަންސީ ޚިދުމަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަން ވާނެއެވެ.

ބީލަން ހުށަހަޅާނީ 16 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީގެ ރިސެޕްޝަންއަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:05 ގައި މި ކޮންސަލްޓޭޝަން ޚިދުމަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ކޮންސަލްޓަންސީ ޚިދުމަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 07 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ  12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ކޮންސަލްޓަންސީ ޚިދުމަތުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

ކޮޕީ: [email protected]

 

އެޕްލިކޭޝަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: "އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސް - އިންޓަރގްރޭޓެޑް ސަސްޓެއިންބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"

 

“Do not Open On or Before 16th October 2024– 11:05hrs – “ISLET – (IUL)438-ENV/438/2024/421”

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

01 އޮކްޓޫބަރު 2024
ހޯދާ