ދިވެހިރާއްޖެ
މި ކުންފުނިން ތިރީގައި ތަފުސީލުކުރެވިފައިވާ ވެހިކަލް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު: TCL/PROC-TA/2015/014) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަދި މި ވެހިކަލް ގަނެ ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
No. |
Description |
Qty |
UoM |
Condition |
1 |
Double Cabin Pickup |
01 |
Nos |
Brand New |
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަން ފޮތަށް ފައިސާ ދެއްކުން |
ޓީސީއެލް ހެޑްއޮފީސް |
04 ދުވަސް (ރަސްމީ) |
21 ޖޫން 2015 އިން 24 ޖޫން 2015 އަށް |
10:00 އިން 12:00 އަށް |
ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
ބުދަ |
24 ޖޫން 2015 |
13:30 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ |
28 ޖޫން 2015 |
13:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
ބުރާސްފަތި |
02 ޖުލައި 2015 |
13:30 ގައި |
- ބީލަން ފޮތުގެ އަގަކީ -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި -/1,500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
- ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
- ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
- ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.