ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެކައުންޓްސް އޮފިސަރ      

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މަޤާމުގެ ރޭންކް:

MS1

މުސާރަ:

5610:00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސަވިސް އެލަވަންސް  2000:00 ރުފިޔާ

- މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ބޭނުންވާ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް 

މަސައްކަތްކުރަންޖެހޭ ތަނާއި، ރަށް:

ލ. އަތޮޅު ކައުންސިލްގެ އިދާރާ، ލ. ފޮނަދޫ

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ގެނައުމަށް ބޭނުންވާ ވައުޗަރާއި ސަޕޯޓިންގ ޑޮކިޔުމެންޓް ތައްޔާރުކޮށް ހުށަހެޅުން.
  2. ކޮންމެ މަހެއް ނިމުމުން، ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗަރ ރިޕޯޓް ހޯދައި، ބަޖެޓް (ސަރުކާރުންދޭ އެހީ) ބާކީކުރަމުން ގެންދިޔުން.
  3. ސަރުކާރުންދޭ ބަޖެޓުގެ ޚަރަދު ރިޕޯޓް ހަދާފައި ފޮނުވުން.
  4. ބަޖެޓްގެ އެއްބައިން އަނެއްބަޔަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި ބަޖެޓް ކޮންޓްރޯލް ހަދައި، ފިނޭންސަށް ހުށަހެޅުން.
  5. 03 ނަންބަރު އެކައުންޓް ބާކީކުރުން.
  6. 03 ނަންބަރު އެކައުންޓުގެ އައިޓަމްތައް ބާކީކުރުން.
  7. 03 ނަންބަރު އެކައުންޓުގެ ޚަރދު ވައުޗަރ ހެދުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެ ފައިސާ ދެއްކުން.
  8. 03 ނަންބަރު އެކައުންޓުގެ ވައުޗަރ ރަޖިސްޓަރީއާއި ޗެކު ރަޖިސްޓްރީ ބެލެހެއްޓުން.
  9. 03 ނަންބަރު އެކައުންޓުގެ ރިޕޯޓްހަދައި، ރިކޮންސައިލް ކުރުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް.

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެވާފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާ އަދާކުރި ނުވަތަ އަދާކުރާ އޮފީހަކުން ދޫކޮށްފައިވާ)

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

2015 ޖޫން 25 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން  މި އިދާރާއަށް.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 ނަންބަރު ފޯނާއެވެ. 

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ