ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ (ކްރިއޭޓިވް އާޓްސް މާއްދާގެ ކަރިކިޔުލަމް ޑިވެލޮޕްކުރަން)
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
ސަރވިސް އެލަވަންސް: -/3500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ (ޑިޕާޓްމަންޓް އޮފް ކަރިކިޔުލަމް ޑިވެލޮޕްމަންޓް)
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމާއި ތަރައްޤީ ކުރުމާއި ތަންފީޒުކުރުމަށް އޮފީހުން ކުރާ މަސައްކަތުގެ ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.
2. ސްކޫލްތަކަށް ގޮސް، ކްރިއޭޓިވް އާޓްސް މާއްދާގެ މަންހަޖު ތަންފީޒުކުރާގޮތް ބެލުން:
(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެ ގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދައިފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.
(ށ) ކްރިއޭޓިވް އާޓްސް މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
3. ކްރިއޭޓިވް އާޓްސް މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި، ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.
4. ސްކޫލްތަކާއި ކްރިއޭޓިވް އާޓްސް މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
5. ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި، އަލަށް ޚިދުމަތަށް ނުކުންނަވާ ޓީޗަރުން ކްރިއޭޓިވް އާޓްސް މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
6. ކްރިއޭޓިވް އާޓްސް މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.
7. ކްރިއޭޓިވް އާޓްސް މާއްދާއާ ގުޅިގެން ބޭރުގެ އެހީތަކުން ލިބޭ ޕްރޮޖެކްޓް މަސައްކަތުގައި އެހީތެރިވެދިނުން.
8. ކަރިކިއުލަމް ޑިވިޜަނުގެ ފަންނީކަންކަމާއި އިދާރީ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ދިނުން.
މަޤާމުގެ ޝަރުޠު:
މަޤާމް |
|
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ |
MS3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 |
ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
7035 |
3500 |
MS4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5 |
ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
7875 |
||
EX1 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
8835 |
||
EX2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
9890 |
||
EX3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
11065 |
||
EX4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 |
ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
12400 |
||
EX5 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 |
ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
13890 |
||
EX6 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11 |
ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
15560 |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށޤ ބަލައިގެން.
ޢިނާޔަތްތައް:
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
އިންޓަވިއު ކުރުން:
- މި މަޤާމްތަކަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 30 ޖޫން 2015 އާއި 15 ޖުލައި 2015 އާ ދެމެދުގެ ތާރީޚެއްގައި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އިންސްޓިޓިއުޓްގެ ވެބްސައިޓުން (www.nie.edu.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ.)
ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ފައިވާ)
ނ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)
ކ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގެ (ޣާޒީ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 29 ވަނަ ދުވަހުގެ 13.30 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3323242 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
24 ޝަޢުބާން 1436