ދިވެހިރާއްޖެ
ށ.ކަނޑިތީމު ކައުންސިލްގެ އިދާރާއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު ކައުންސިލްގެ އިދާރާއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2024 (ހޯމަ) ދުވަހުގެ 14:00 އިން ފެށިގެން 03 އޮކްޓޯބަރ 2024 (ބުރާސްފަތި) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/e7jexW6mtsnr3g4N9
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މަޢުލޫމާތު ދިނުމުގެ އެންމެ ފަހު ތާރީޚަކީ 03 އޮކްޓޯބަރ 2024 (ބުރާސްފަތި) ދުވަހުގެ މެންދުރު 14:00 އެވެ. މައުލޫމާތެއް ހޯދަން ބޭނުންވާފަރާތްތަކަކުން ރަސްމީގަޑީގައި މިއިދާރާގެ ފޯން ނަމްބަރ: 6540041 ގުޅުއްވާ ނުވަތަ މިއިދާރާގެ އީމެއިލް ނަމްބަރ [email protected] ހިއްސާކުރެވުމަށް ދެންނެވީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 06 އޮކްޓޯބަރ 2024 (އާދިއްތަ) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ . ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
27 ރަބީޢުލްއައްވަލް 1446
30 ސެޕްޓެމްބަރ 2024