ދިވެހިރާއްޖެ
ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން، ބާރަށު ކައުންސިލާއި، ބާރަށު ސިއްހީމަރުކަޒާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ދެ ޖިންސްގެ 18 އަހަރުންމަތީގެ ބޭފުޅުންނަށް އަމާޒުކޮއްގެން ބާރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރ 2024 އިން 16 ނޮވެމްބަރ 2024 ގެ ނިޔަލަށެވެ.
މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:00އަށް މިކައުންސިލް އިދާރާއިންނެވެ. ފޯމާއި އެކު އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮމިޓީގެ ރައީސާގެ ފޯނު ނަންބަރާއި (7836117 ) ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.