ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2024/351
އިޢުލާން
ސާފް ބޯފެން ބޭނުންވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ދޯންޏެއް ކުއްޔަށް ހިފުމާއި ގުޅޭ؛
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ސާފް ބޭފެން ބޭނުންވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ދޯންޏެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާން FNK-I/IUL/2024/345 އަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
| 
 
  | 
 ތާރީޚް  | 
 ވަގުތު  | 
| 
 ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން  | 
 30 ސެޕްޓެމްބަރ އިން 02 އޮކްޓޯބަރ 2024  | 
 08:00 އިން 15:00  | 
| 
 މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)  | 
 02 އޮކްޓޯބަރ 2024  | 
 15:00 މެންދުރު  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 03 އޮކްޓޯބަރ 2024  | 
 11:00 ހެނދުނު  | 
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރ
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީ-މެއިލް ކުރާނެ ވާހަކަދެއްނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑް އޮފީސް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ އަށެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބި މިއިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ޕްރީ – ބިޑް މީޓީންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
