ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އިޢުލާނު ނަންބަރ: IL-KPL/2024/011 ގައި ކުރެވުނު އެސިސްޓެންޓް އެގްޒެކެޓިވްގެ މަޤާމު ބާޠިލުކޮށް، އަލުން މިމަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2024/013

ތާރީޚް: 29 ސެޕްޓެމްބަރ 2024

މަޤާމް

އެސިސްޓެންޓް އެގްޒެކެޓިވް

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/6,200 ރ

އެހެނިހެން އިނާޔަތްތައް:

- -/4,000ރ އާއި -/7,000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާޞިލު ކޮށްފައިވުން.

ނުވަތަ

- ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލުކޮށްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ވަޒީފާ ދިނުމުގައި ސިވިލް އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ފެސިލިޓީސް މެއިންޓަނަންސް ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުމަށް ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުމާއި، އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން.
  2. ފެސިލިޓީސް މެއިންޓަނަންސް ޔުނިޓްގެ އިދާރީ މަސައްކަތްކުރުމާއި، ޔުނިޓްގެ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްކުރުން.
  3. ފެސިލިޓީސް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލްހަދައި، ފެސިލިޓީސްގެ ކޮންޑިޝަނަލް އެސެސްމަންޓް ހަދައި އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4. ބަނދަރު ސަރަހައްދުގައި ޤާއިމް ކުރެވިފައިވާ ފަޔަރ ފައިޓިންގް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  5.  ބަނދަރު ސަރަހައްދުގެ އިމާރާތްތަކުގައިވާ ފެންޕަމްޕްތަކާއި އެހެނިހެން އިލެކްޓްރިކަލް އެޕްލަޔަންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  6.  ކުންފުނީގެ ފެސިލިޓީސް މަރާމާތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރާވައި ހިންގުމާއި ބެލެހެއްޓުން.

ސުންގަޑި:

08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އެޕްލިކޭޝަން މެއިލް ކުރައްވާ ނަމަ:

[email protected]

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަޤާމުގެނަން އަދި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާތިލްކުރެވޭނެ އެވެ.

29 ސެޕްޓެންބަރު 2024
ހޯދާ