ދިވެހިރާއްޖެ
2025 ޖަނަވަރީ 4 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ "ގޯލްޑެން ފުޓްސެލް ޗެލެންޖް 2025" ގައި ނެއްލައިދޫ ކައުންސިލުގެ ފަރާތުން ޓީމެއް ނެރުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތުގައި ކައުންސިލުގެ ފަރާތުން ނެރޭ ޓީމުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިއެވެ. ވީމާ ޓީމުގައި ނަން ނޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކުރައްވާ ނުވަތަ 9199793 ނަންބަރު ފޯނާއި ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.
- ރެޖިސްޓްރޭޝަން ލިންކު: https://forms.office.com/r/iaSgxXneT9
ޓީމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
26 ރަބީޢުލްއައްވަލު 1446
29 ސެޕްޓެމްބަރ 2024