މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ކާށިދޫއިން ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލާ އެއްގޮތަށް، އެކި ބާވަތްތަކުގެ ވިޔަފާރި ކުރުމަށްޓަކައި 07 ބިން ކުއްޔަށް ދޫކުރުން

އެކި ބޭނުންތަކަށް ކ. ކާށިދޫއިން ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލާ އެއްގޮތަށް، އެކި ބާވަތްތަކުގެ ވިޔަފާރި ކުރުމަށްޓަކައި، ކ. ކާށިދޫގެ 2 ސަރަޙައްދަކުން 900 އަކަފޫޓާއި 1350 އަކަފޫޓާ ދެމެދުގެ 07 ބިން 20 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ފެންނާނެ ޗާޓާއި ބިންތަކުގެ ބޮޑުމިނާއި ކޮންމެ ބިމެއްގައި ކުރުމަށް ހުއްދަދެވޭ މަސައްކަތް އެނގޭނެ، ބިންތަކުގެ ލިސްޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

29 ސެޕްޓެންބަރު 2024
ހޯދާ