ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PL/295/2024/58
އިޢުލާން
ނ. ހޮޅުދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމާއި ގުޅޭ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލެމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއް ކަނޑައަޅާ ރަމްޒީ އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯ ފަރުމާކޮށް ހުށަހެޅުމާ ބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއް ކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2024 ވާ ބްރާސްފަތި ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ލޯގޯ އަދި ލިޔުންތައް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ އަދި ލިޔުންތައް ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7945857 އަދި 7444118 ނަންބަރަށެވެ.
26 ރަބީޢުލް އައްވަލް 1446
29 ސެޕްޓެމްބަރ 2024