ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PL/295/2024/57
އިޢުލާން
ނ. ހޮޅުމީދޫ ރުއްގަނޑު ރަށް ބެހެލެއްޓުމާއި އެކު 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 9 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 9 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:05 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
29 ސެޕްޓެމްބަރ 2024