ދިވެހިރާއްޖެ
ގެސްޓްހައުސް ހަދާ ހިންގުމަށް ގއ. ކަނޑުހުޅުދޫ ޓުއަރިޒަމް ޒޯން އިން ބިން ކުއްޔަށް ދޫކުރުމާބެހޭ |
|
ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯންއިން 04 ބިން 3000އަކަފޫޓް، 03 ބިން 5000އަކަފޫޓް، 02 ބިން 10000އަކަފޫޓުގެ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން. |
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. |
މައުލޫމާތު ދިނުން. |
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލައެއްވާނަމަ އީމެއިލް ކުރައްވާނީ 15 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލުގެ [email protected] މެއިލަށެވެެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު |
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯން: 6820020، މޯލްބައިލް: 7916100 އީމެއިލް:[email protected] |