ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް މިއަތޮޅަށް ހުޅުވާލައިގެން ހއ. އަތޮޅު ކައުންސިލުން ހއ. އުތީމުގައި 2024 އޮކްޓޫބަރު 24 އިން 28 އަށް ބާއްވާ "ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024" ނަމުގައި، ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ވީމާ މިރަށުން ޤުރުއާން މުބާރާތުގައި އާންމުންގެ ބައިގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮކްޓޫބަރު 06 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ގޫގުލް ފޯމު ފުރުއްވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/pages/responsepage.aspx?id=bh8sE-4Yyk2WXGiCYR05ei9miHvmkwRDlxhwOXLFrTlUMVgzSjFDMDlMWE1GNkw5NjkwMVE5RktESy4u&route=shorturl
މި މުބާރާތުގެ ޤަވާއިދު މި އިދާރާއިން ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވާ މިރަށް ތަމްޞީލްކުރާ ބައިވެރިންގެ އިންތިޒާމްތައް މިކައުންސިލުން ހަމަޖައްސައިދޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 7502949 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ