ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގައި ހުރި ބައުތަކެތި ނީލަން ކިޔުމާ ގުޅޭ
މިކޯޕަރޭޝަނުގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރު 2024 (އަންގާރަ) ދުވަހުގެ ހެނދުނު 09:00 ގެ ކުރިން، ނީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެއާއެކު، ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
1- ނީލަންކިޔާ ތަކެތި ބެލުމާއި މައުލޫމާތު ދިނުން:
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާ ތަކެތި ދެއްކުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، 02 އޮކްޓޯބަރު 2024 (ބުދަ) ދުވަހުގެ ހެނދުނު 11:00 ގައި މިކޯޕަރޭޝަންގެ ހެޑް އޮފީސް / މުނިސިޕަލް ސައިޓު )އެމް.އެސް.އޯ) ގަ އެވެ.
2- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލު:
ސްކްރެޕް ދަނގަޑު، ވެހިކަލް ސްކްރެޕް ގޮތުގައި |
ނީލަން ކިޔާ ތަކެތި |
= 250،000 ( ދެލައްކަ ރުފިޔާ ) |
ލޮޓް 1 ފަށާއަގު |
=125،000 (އެއްލައްކަ ފަންސަވީސް ހާސް) |
ސެކިއުރިޓީ ޑިޕޮސިޓް |