ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަ އުތުރު ވޮލީ މުބާރާތް އަންހެން ޑިވިޜަންގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރުން

ހއ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލައުތުރު ވޮލީ މުބާރާތް އަންހެން ޑިވިޜަންގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ވޮލީޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)251-CA/251/2024/120 (13 ސެޕްޓެންބަރު 2024) ގެ ޢިޢުލާނުގައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ، އެ އިޢުލާނު ބާޠިލް ކޮށްފީމެވެ.

އަދި ހއ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލައުތުރު ވޮލީ މުބާރާތް އަންހެން ޑިވިޜަންގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ވޮލީޓީމު މެނޭޖުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 3 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކުރިން އެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނީ މި ކައުންސިލްގެ ކައުންޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހަޅައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް  މެއިލްކޮށްގެންނެވެ. މި މަސައްކަތް ޙަވާލުކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ބައްދަލުވުން އޮންނާނީ 6 އޮކްޓޯބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2024
ހޯދާ