ދިވެހިރާއްޖެ
21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.
- އަލްއުސްތާޛު ޙާމިދު އިސްމާޢީލް (2019/4)
- އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމް (2005/29)
- އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް (2015/24)
އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 23 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 20:00 އާ ހަމައަށެވެ.
ޝަކުވާ ފޯމް ލިންކް: https://forms.gle/p7hLP6LrsThH8pdz5