ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: ސެކަންޑް އިންޖިނިއަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
ޖުމުލަ މުސާރަ: -/24000ރ
ވޮއޭޖް އެލަވަންސް: -/500ރ (ކޮންމެ ދަތުރެއް ނިންމުމުން)
އެހެނިހެން އެލަވަންސް/ އިނާޔަތް: ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ރާއްޖޭން ބޭރަށް ދަތުރުކުރާ ޓަގުބޯޓުގައި
ޝަރުޠު:
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓުފިކެޓުތަކާއި ހަދަންޖެހޭ ތަމްރީނުތައް ހަދާފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އިންޖީންރޫމުގެ އެންމެހާ ކަންކަން ބަލައި، އިންޖީންރޫމް ރަނގަޅު ހާލަތެެއްގައި ބެލެހެއްޓުން އަދި އިންޖީންރޫމް މެެއިންޓެނަންސް މަސައްކަތްތައް ސުޕަރވައިސްކޮށް ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
މަޤާމު: އޮއިލަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
ޖުމުލަ މުސާރަ:-/10500ރ
ވޮއޭޖް އެލަވަންސް: -/500ރ (ކޮންމެ ދަތުރެއް ނިންމުމުން)
އެހެނިހެން އެލަވަންސް/ އިނާޔަތް: ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ރާއްޖޭން ބޭރަށް ދަތުރުކުރާ ޓަގުބޯޓުގައި
ޝަރުޠު:
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތްވާގޮތަށް ހޯދަންޖެހޭ ސެޓުފިކެޓުތަކާއި ހަދަންޖެހޭ ތަމްރީނުތައް ހަދާފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޓަގުގެ އިންޖީނު މަރާމާތުގެ މަސައްކަތް އަދި މެއިންޓެއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
މަޤާމު: ވެލްޑަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
ޖުމުލަ މުސާރަ: -/10500ރ
ވޮއޭޖް އެލަވަންސް: -/500ރ (ކޮންމެ ދަތުރެއް ނިންމުމުން)
އެހެނިހެން އެލަވަންސް/ އިނާޔަތް: ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ރާއްޖޭން ބޭރަށް ދަތުރުކުރާ ޓަގުބޯޓުގައި
ޝަރުޠު:
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓުފިކެޓުތަކާއި ހަދަންޖެހޭ ތަމްރީނުތައް ހަދާފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި ވެލްޑިންގގެ މަސައްކަތްކޮށް، ދެވިފައިވާ ގަޑިއަށް އެ މަސައްކަތްތަށް ނިންމުން.
ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާފަރާތްތަކުން 17 ޖޫން 2015 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑްއޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
ފެކްސް ނަންބަރު: 3221 332
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
24 ޝަޢުބާން 1436
