ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވީލްގޭގެ އިރު ދެކުނު ކަނުން ފެށިގެން އައްސޭރިގޭގެ އިރު ދެކުނު ކަނަށް ރަށުގެ ހިއްކި ސަރަހައްދާ ހިސާބު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި 29 ސެޕްޓެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 12:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެމްބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތަކަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
  • ޙަވާލުކުރާނެ ފަރާތް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
  • ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
  3. ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ. 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

26 ސެޕްޓެންބަރު 2024
ހޯދާ