މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގެ ދެއަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި ހުރި އާންމު ފަރާތްތަކުގެ މުދާތައް ނެގުމާ ބެހޭ

މި އިދާރާއިން 9 ޖުލައި 2024ގައި ކޮށްފައިވާ އިޢުލާން (IUL)286-MP/286/2024/75 އާއި ހަވާލާދީ ދަންނަވަމެވެ.

ކެނދިކުޅުދޫގެ ދެ އަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި އާންމު ފަރާތެއްގެ މުދާ ހުރިނަމަ އެ މުދަލެއްގެ ވެރިފަރާތުން އެ މުދާތަށް މިއަދުން ފެށިގެން 15 ދުވަސްތެރޭ ނެންގެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާ ހުރި މުދަލަކީ ވެރިއަކު ނެތް މުދާކަމަށް ކަނޑައަޅާ ކައުންސިލުން އެމުދާތަށް އެ ސަރަހައްދުތަކުން ނަގާނެއެވެ. އަދި އެ ތަކެތި އެ ސަރަހައްދުން ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަމުގައި ވެސް ދަންނަވަމެވެ.

ދެ އަވަށުގެ ސިނާއީ ސަރަހައްދު އަންގައިދޭ ޗާޓް ތިރީގައި އެވަނީއެވެ.

ކެނދިކޮޅު:

(ޗާޓު އިޢުލާނުގެ ޕީ.ޑީ.އެފް ގައި)

ކުޅުދޫ: 

 (ޗާޓު އިޢުލާނުގެ ޕީ.ޑީ.އެފް ގައި)

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22  ރަބީޢުލްއައްވަލް   1446

25   ސެޕްޓެންބަރު   2024

26 ސެޕްޓެންބަރު 2024
ހޯދާ