ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކަންޑް އޮފިސަރ
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ސެކަންޑް އޮފިސަރ
ޢަދަދު: 01
ކޮންޓްރެކްޓް މުއްދަތު: 09 މަސް
އަސާސީ މުސާރަ: -/12،850ރ
މަސައްކަތް ކުރަންޖެހޭ ތަން: އެމް ޓީ އަލިހުރަސް
އެހެނިހެން އިނާޔަތްތައް:
- ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/6,425ރ
- ފިކްސްޑް އެލަވަންސް: 6,810/50ރ
- ޓޭންކަރ އެލަވަންސް: 1,927/50ރ
- ލީވްވޭޖަސް: -/12850ރ – ކޮންޓްރެކްޓް ފުރިހަމަކުރުމުން
މަޤާމުގެ މަސްއޫލިއްޔަތު:
- ނިއަމިކަން ކުރުން އަދި ކާގޯ އަރުވާ ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން
- ބޯޓުގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން
- ފަޅުވެރިންނާއި، ބޯޓާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ:
- އެޑްވާންސް އޮއިލް ޓޭންކަރ ފެމިލަރައިޒޭޝަން ސެޓުފިކެޓު/ ސީއޯސީ/ ޖީ.އެމް.ޑީ.އެސް.އެސް/ ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓުފިކެޓު/ ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ސެޓުފިކެޓު/ އެޑްވާންސް ފަޔަރ
- ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓުފިކެޓު/ ޕްރޮފިޝިއަންސީ އިން ސަވައިވަލް ކްރާފްޓް އެންޑް ރެސްކިއު ބޯޓް ސެޓުފިކެޓު/ މެޑިކަލް ކެއަރ ސެޓުފިކެޓު/ ޕާސަނަލް ސޭފްޓީ އެންޑް ސޯސަލް ރެސްޕޮންސިބިލިޓީ ސެޓުފިކެޓު/ ޕްރޮފިޝިއެންސީ އިން ސިޕް ސެކިއުރިޓީ
- އެވެއަރނެސް ސެޓުފިކެޓު/ ޕްރޮފިޝިއެންސީ އިން ޑިޒެގްނޭޓަޑް ސެކިއުރިޓި ޑިއުޓީ ސެޓުފިކެޓު/ މެރައިން އެންވަރަންމެންޓަލް އެވެއަރނެސް ސެޓުފިކެޓު
- މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 17 ވާ (ބުދަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ ހެޑްއޮފީސް
- ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
- ފޯން:3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com
23 ޝަޢުބާން 1436
10 ޖޫން 2015
ހޯދާ