ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުން

 ބައުތަކެތި ނީލަން ކިޔުން

               

              މިހޮސްޕިޓަލުގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމާބެހޭ އިތުރު  ތަފްސީލް ތިރީގައި މިދަންނަވަނީއެވެ.

 

 ނީލަން ކިޔަން ހަމަޖެހިފައިވާތަން:  ނ.އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރެ

ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާގަޑި:  03 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި

މައުލޫމާތު ސާފުކުރެއްވުމަށް ގުޅާނެ ނަންބަރު:  6568067 ނުވަތަ 6568085

 

                 މިއިއުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި،ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަމުން މުދާ ނަންގަވާފަރާތްތަކުން ސަރުކާރު ބަންދުނޫން ތިންދުވަހުގެ ތެރޭގައި މާލީވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާދެއްކެވުމަށްފަހު މުދާ ގެންދަވަންވާނެއެވެ.

                 ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނީލަންކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ. 

26 ސެޕްޓެންބަރު 2024
ހޯދާ