ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ނޮވެމްބަރު/ ޑިސެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން އަލުން ހުޅުވާލުން.

                ގިނަ ފަރާތްތަކަކުން  އިމްތިހާނުގައި ބައިވެރިވުމަށް އެދެމުންދާތީ،  2024 ވަނަ އަހަރުގެ ނޮވެމްބަރު/ ޑިސެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން އަލުން ހުޅުވާލަމެވެ. އެގޮތުން އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2024 ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 އޮކްޓޫބަރު 02 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

                އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުން (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

                ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

 

 

                  23 ރަބީޢުލްއައްވަލު 1446

                  26 ސެޕްޓެމްބަރު   2024

26 ސެޕްޓެންބަރު 2024
ހޯދާ