ދިވެހިރާއްޖެ
އެމެންޑްމެންޓް-1
އިޢުލާން ނަންބަރު |
(IUL)309-ESM/309/2024/113 |
އިއުލާނުގެ ތާރީޚް |
12 ސެޕްޓެންބަރު 2024 |
ބީލަމުގެ ނަން |
ކައުންސިލަށް ބޭނުންވާ ހައިމާކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން |
މި އިދާރާއިން 12 ސެޕްޓެންބަރު 2024ގައި ކުރި ނަންބަރު (IUL)309-ESM/309/2024/113 (ކައުންސިލަށް ބޭނުންވާ ހައިމާކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން) އިޢުލާނު ކުރި ފަހުން، މި އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް (ރަތްކުލައިން ފާހަގަކުރެވިފައި) ވަނީ ގެނެވިފައެވެ. އަދި މި ބަދަލުތައް އައުމާ ގުޅިގެން ބީލަން ހުށަހަޅަން ޝަޢުޤުވެރިވާ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މި އިއުލާނުގެ ރަޖިސްޓަރީވުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 10:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:30ގެ އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 14 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
1. ބަދަލުވި މައުލޫމާތު ކަރުދާސް މި އެމެންޑްމަންޓާ އެޓޭޗްކޮށްފައިވާނެއެވެ.
2. މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.