ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-ESMS&PS/416/2023/54 (13 އޮގަސްޓް 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ މިޙްރާބުގެ ބޮޑު ކުރުމުގެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ މިޙްރާބުގެ ބޮޑު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިއިޢުލާނާއިއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ކުރެހުން އަދި 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން: |
25 ސެޕްޓެމްބަރ 2024 ން 03 އޮކްޓޫބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00އާއި ހަމައަށް ތިރީގައިވާ ލިންކުގައިވާ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން: |
ޕްރީބިޑް މީޓިންގ: |
03 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ މެންދުރު 13:00 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.) |
ބިޑް ބަލައިގަތުން: |
13 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ބީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.