މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
Prospective Bidders Seminar

ޕްރޮކިއުމެންޓް މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ގުޅޭ

 

ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގުޅިގެން މި މިނިސްޓްރީން ކުރިޔަށް ގެންދާ 'ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް' މަޝްރޫއިން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޑޮމެސްޓިކް ވަޔަލަންސް އަދި ޖެންޑަރ ބޭސްޑް ވަޔަލަންސް ޝެލްޓަރތަކެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލުމުގެ ކުރިން، މި މަސައްކަތާއި ގުޅޭ ތަފްސީލާއި ބިޑް ހުށަހެޅުމާއި ގުޅޭގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސެޝަނެއް ކުރިޔަށް ގެންދިޔުމަށްވަނީ ގަސްދުކުރެވިފައެވެ.

މައުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

https://forms.gle/tKKwxyiUqahPpKqq6

ސެޝަން ކުރިޔަށްދާނީ 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި އިސްރަށްވެހިންގެ ނާދީގެ ހޯލްގައެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސެޝަންގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

25 ސެޕްޓެންބަރު 2024
ހޯދާ