ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކުގެ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 07 ނޮވެންބަރު 2024 12:58 ގައި ބާތިލް ކުރެވިފައެވެ.


 (IUL)258/258/2024/71ނަންބަރު

އިޢުލާން

      

ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކުގެ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން.

 ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކުގައި ހެދިފައިވާ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް 2024 ސެޕްޓެމްބަރ 03 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 40 ވަނަ ދައުރުގެ 150 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، މި ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ކުލަ ޕާކުގައި ހެދިފައިވާ ކެންޓީން 10 އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލު

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

06 އޮކްޓޯބަރ 2024

11:00

އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން

16 އޮކްޓޯބަރ 2024

11:00

                

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަބީޢުލްއައްވަލް  1446

25 ސެޕްޓެމްބަރ  2024

25 ސެޕްޓެންބަރު 2024
ހޯދާ