މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު- އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމުގެ (ލަކުޑި އަދި ފައިބަރު) މަސައްކަތް ފިޔަވައި އެހެނިހެން ސިނާއީ މަސައްކަތް ކުރުމަށް ދިގުމުއްތަތަށް ކުލީބިމެއްް ދޫކުރުމަށް ހުޅުވާލުން

ރ. މާކުރަތުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމުގެ (ލަކުޑި އަދި ފައިބަރު) މަސައްކަތް ފިޔަވައި އެހެނިހެން ސިނާއީ މަސައްކަތްތައް ކުރުމަށް ކުލީ ބިމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާމަވެ. 

ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު: 

- ކުލީބިން: 100x50 ފޫޓު (5000 އަކަފޫޓު) (1 ބިން)

-ބިން ދޫކުރާ މުއްދަތު: 15 (ފަނަރަ) އަހަރު ދުވަސް

ބިމުކުލި: އަކަފޫޓަކަށް 0.50 (ފަންސާސްލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް 

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ، 03 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން  އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި 

ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު މާކުރަތު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމާއި ގުޅޭގޮތުން

އެއްވެސް ސުވާލެއްވާނަމަ 03 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންިސިލްގެ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މި ބީލަމާއި ގުޅޭ އެންމެހާ މައުލޫމާތު 

ބިޑް ޑޮކިއުމަންޓްގައި (މައުލޫމާތު ކަރުދާހުގައި) ހިމަނާފައިވާތީ، ޕްރީބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައި ނުވެއެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އިންނާނީ 06 އޮކްޓޯބަރ 2024  ވާ އާދިއްތަ 

ދުވަހުގެ 13:00 ގައި މާކުރަތު ކައުންިސިލް އިދާރާގައެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ ބިން ބެނުންކުރުމުގައި އަމަލުކުރާނީ ، ކައުންިސލްގެ އިޙްތިސާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް އެކިއެކި

ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި އެއްގޮތަށެވެ. (އުސޫލު ނަންބަރު: (OTHER)305-CB305/305/2024/1.

ކުލީ ބިން ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓް: މައުލޫމާތު ކަރުދާސް- 2 ގައި ހިމެނިފައި)

އިތުރުމައުލޫމާތު ހޯދުމަށް: ފޯނުނަންބަރު: 6584030

އީމެއިލް އެޑްރެސް: [email protected] 

25 ސެޕްޓެންބަރު 2024
ހޯދާ