ދިވެހިރާއްޖެ
ހދ. ފިނޭ ސްކޫލުގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު
ހދ. ފިނޭ ސްކޫލުގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު: IUL)226-F/PRIV/2015/20)ފ(2015-05-20) ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މިކައުންސިލުން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި އަދިި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ފިނޭ ސްކޫލުގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަދި މަޢުުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
24 ޝަޢުބާން 1436