ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށްޓަކައި ދޫކުރާ ލިޔުން
ދޫކުރުމާގުޅޭ އުޞޫލު
N12-U/02/2024
|
(ހ) މިއީ ތ.ކިނބިދޫ ކައުންސިލުން ދޫކުރާ އެއްގަމު އުޅަނދުފަހަރު ގަރާޖްގައި ރަޖިސްޓިރީކުރުމަށް ހުށައެޅުމުން އެތަނަކީ އެފަދަ ކަމަކަށް އެކަށީގެންވާ ތަނެއްތޯބަލާ އުޅަނދުގެ ރަޖިސްޓަރީ ކުރުމަށް ދޫކުރާ ލިޔުންދޫކުރުމަށް ތައްޔާރުކުރެވިފައިވާ އުސޫލެކެވެ. (ށ) މިއުސޫލު ހަދާފައިވަނީ 2009 އެޕްރީލް 29 ގައި އަމަލުކުރުމަށް ފަށައިފައިވާ އެއްގަމުގައި ދުއްވާ އިންޖީންލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ "ރ" އިން ކައުންސިލަށް ލިބިގެންވާ ބާރުގެ ތެރެއިންނެވެ. |
|
(ހ) މިއުސޫލަށް އަމަލުކުރަން ފަށާނީ ކައުންސިލުން މިއުސޫލު ފާސްކޮށް ގެޒެޓްކުރާ ތާރީހުންފެށިގެންނެވެ. |
|
(ހ) ގަރާޖެއްގެ ގޮތުގައި ދައްކާތަނަކީ ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށް ފައިވާ ބިމަކަށް ވާންވާނެއެވެ. (ށ) ގަރާޖުގެ ބޮޑުމިން ކަނޑައަޅާތަނުގައި ، އެގަރާޖެއްގައި ބާއްވާ އުޅަނދެއްގެ ދިގުމިނަށްވުރެ 3 ފޫޓް އަދި ފުޅާމިނަށްވުރެ 3 ފޫޓް އިތުރަށް ހުންނަންވާނެވެ. (ނ) ގަރާޖަކީ ތަޅުންއަޅައި ސީލިންގ ކޮށްފައިވާ ތަނެއްނަމަ އެތަނުން ސީލިންގއާއި ތަޅުމާ ދެމެދު މަދުވެގެން އުޅަނދުގެ އުސްމިނަށްވުރެ 3 ފޫޓުގެ ހުސްޖާގަ ހުންނަންވާނެވެ. (ރ) ގަރާޖްގެ ވަށައިގެން ރާނައި ނުވަތަ ފުޅަށް އަޅައި އިން ވަކި ކުރަންވާނެއެވެ. (ބ) ގަރާޖުގައި ތަޅުން އަޅާފައިވާނަމަ ތަޅުމަށް އެޅޭ ފެން ހިންދަންވާނީ ގޯތިތެރޭ ކާނެއްހަދައި ތެޔޮ ވަކިވާގޮތަށެވެ. އަދި ތަޅުމެއް ނެތްނަމަ އެތަން އޮންނަންވާނީ އެއްހަމައަކަށް ލެވެލްކޮށް އުޅަނދަށް ފަސޭހަކަމާއިއެކު ވަދެ ނިކުމެވޭ ގޮތަށެވެ. (ޅ) ކައުންސިލުން ގަރާޖު ޗެކްކުރާއިރު ފޯމްގައި ބަޔާންކޮށްފައިވާ މިންތައް ހަމަނުވާނަމަ އެ ގަރާޖަކަށް ރަޖިސްޓަރީ ކުރާ ލިޔުން ދޫކުރެވޭނީ އެ ގަރާޖުގެ މިންތައް އިސްލާހުކުރުމަށްފަހު ހުށައެޅުމުންނެވެ. (ކ) ގަރާޖު ޗެކްކުރާއިރު އެގަރާޖުގައި ވެހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާނަމަ އެފަދަ ތަނަކަށް ގަރާޖު ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ. (އ) މި މާއްދާ ގެ 'ކ' ގައި ބަޔާންކޮށްފައިވާ ޢަމަލުކޮށްފައިވަނީ ގަރާޖަށް ހުއްދަ ދިނުމަށްފަހުކަމުގައި ވިޔަސް އެ ޢަމަލު ކުރިކަން ކައުންސިލަށް ސާބިތުވާނަމަ، އެ ގަރާޖެއްގެ ހުއްދަ ބާތިލްކޮށް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. (ވ) އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ގޯއްޗެއްގައިނަމަ ނުވަތަ ވެހިކަލް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތުގެ އެޑްރެސް ނޫން އެޑްރެހެއްގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާނަމަ އެ ގަރާޖެއް އޮތް ގޭގެ ވެރިފާތުން އެ ގަރާޖުގައި އުޅަނދު ބޭއްވުމާއި މެދު އިއުތިރާޟު ނުކުރާކަމަށް ދީފައިވާ ލިޔުމާއި ގޭގެ ވެރިފާތުގެ އައިޑީ ކާޑުކޮޕީ ހުށައަޅަންވާނެވެ. (މ) ސިނާޢީ މަސައްކަތް ކުރާ ފަރާތްތަކުން ގަރާޖުގެ ގޮތުގައި ވަކި ތަނެއް ކަނޑައަޅާކަށް ނުޖެހޭނެއެވެ. (ފ) މި އުސޫލުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ކިނބިދޫ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
މިއުސޫލަށް އަމަލު ކުރަން ފެށުމުން ކުރިން ގަރާޖު ހުއްދަ ދޫކުރެވިފައިވާ ތަންތަން 1 އަހަރު ދުވަހުގެ ތެރޭގައި މިއުސޫލާއި އެއްގޮތަށް ބަދަލް ކުރަން ވާނެއެވެ.
|
|
މި އުޞޫލުގެ ދަށުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250ރ ނެގޭނެއެވެ. |
|
މި އުޞޫލުގެ ދަށުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި ދޫކުރާ ލިއުން ހޯދުމަށް އެދޭނީ ލިއުމުންނެވެ. |
|
މި އުޞޫލުގެ ދަށުން ހުއްދަ ލިބުނުކަމަށް ބަލާނީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށްޓަކައި ދޫކުރާ ލިޔުން ކައުންސިލުން ދޫކުރުމުންނެވެ. |
|
މިއުޞޫލާ ޚިލާފްވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. (ހ) މި އުޞޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލު ކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި: - ފުރަތަމަ ފަހަރު އަނގަބަހުން ނަޞޭޙަތްދިނުން. - ދެވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ 500ރ (ފަސްސަތޭކަ ރުފިޔާ) އާއި 1000ރ (އެއްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން. - ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000ރ (އެއްހާސް ރުފިޔާ) އާއި 2000ރ (ދެހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދުން ޖޫރިމަނާކުރުން. - ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 2000ރ (ދެހާސް ރުފިޔާ) އާއި 5000ރ (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.
|