ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލް އިދާރާ ގޯތިތެރޭގައި ވޯކްވޭ ހެދުން

އިޢުލާނު

މިއިދާރާގެ ގޯތިތެރޭގައި ވޯކްވޭ ހެދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ ގޯތިތެރޭގައި ވޯކްވޭ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ.

މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 2024 އޮކްޓޫބަރު 01 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected]  އަށް ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ވޯކްވޭ ހެދުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected]  އަށް ހުށަހަޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6740017 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ރަބީޢުލްއައްވަލް 1446

25  ސެޕްޓެމްބަރު 2024

25 ސެޕްޓެންބަރު 2024
ހޯދާ