ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކުނިކޮށީގައި ހުރި ކުނިތައް ބޭރުކޮށް ކުނިކޮށި ހުސްކުރުން

ހދ.ނައިވާދޫ ކުނިކޮށީގައި ހުރި ކުނިތައް ބޭރުކޮށް ކުނިކޮށި ހުސްކޮށް ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހަށަހެޅުން

25.09.2024 ން  03.10.2024ގެ 10:00 ށް

-

07.10.2024 ގެ 11:15 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

-

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

  • ބިޑް ރެޖިސްޓްރީކުރާ ފޯމް:https://forms.office.com/r/5KYsEw41Bs
  • ހދ. ނައިވާދޫ ކުނިކޮށީގައި ހުރި ކުނިތައް ބޭރުކޮށް ކުނިކޮށި ހުސްކޮށް ސާފުކުރުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

 އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކުނިކޮށީގައި ހުރި ކުނިތައް ބޭރުކޮށް ކުނި ކޮށި ހުސްކޮށް ސާފުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       

25  ސެޕްޓެމްބަރު 2024       

25 ސެޕްޓެންބަރު 2024
ހޯދާ